ތ. ދިޔަމިގިލީ މަގު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ޙަވާލުކޮށްފިއެވެ.
މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައ،ި މި މަސައްކަތުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މި ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީ އެވެ. އަދި މިނިސްޓްރީ ކޮންސްޓްރަކްޝަނ،ް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓ،ް އޮނަރަބަލް ހަސަން ރަޝީދު އެވެ.
މި ރަސްމިއްޔާތުގައ،ި ކެބިނެޓް މިނިސްޓަރުންނާއ،ި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނާއ،ި ދިޔަމިގިލީ ކައުންސިލް މެންބަރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
އެމްޓީސީސީން ބުނީ މިއަދު ސޮއިކުރެވުނު މަގު ހެދުމުގެ މަޝްރޫޢުގެ މަސައްކަތް ނިމުމާއެކ،ު ވިއްސާރަ މޫސުމުގައި މަގުތަކުގައި ޗަކަ ހެދި ހިނގާ މީހުންނާއި ދުއްވާ އުޅަނދުތަކަށް ވަމުންދިޔަ އުނދަގޫތަކަށް ހައްލެއް ލިބ،ި ދިޔަމިގިލީ ރައްޔިތުންނަށް ރަނގަޅު ފެންވަރުގެ ޒަމާނީ މަގުތަކެއް ލިބިގެންދާނެ ކަމަށެވެ.
މި މަޝްރޫޢަކީ 82.81 މިލިއަން ރުފިޔާއަށް 570 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ޙަވާލުކޮށްފައިވާ މަޝްރޫއެކެވެ.





