Monday, October 12
ވިލުފުށީ އެއާޕޯޓްގެ މަސައްކަތް އެމްއޭސީއެލްއާ ޙަވާލުކޮށް އަމަލީ މަސައްކަތް ފަށައިފި

ތ ވިފުލުށީ އެއާޕޯޓް ހިންގާ އޮޕަރޭޓްކުރުމުގެ މަސައްކަތް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލްއާ ޙަވާލުކޮށްފިއެވެ. އެމްއޭސީއެލްއާ މި މަސައްކަތް މިއަދު ޙަވާލުކުރީ އެކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި އެއްބަސްވުމުގައ ސޮއިކުރެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ މޫސާ ޒަމީރުއެވެ. އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަބުދުﷲ ޝަރީފުއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަސައްކަތުގެ އަމަލީ މަސައްކަތްވެސް މިއަދު ވަނީ ފަށާފައެވެ.

މިއަދުން ފެށިގެން 30 މަސްދުވަސް ތެރޭ ވިލުފުށީ އެއަރޕޯޓުގެ މަސައްކަތް ނިމޭނޭ ކަމަށާއި 18 މަސްދުވަސްތެރޭ ހޮސްޕިޓަލުގެ މަސައްކަތް ނިމޭނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ. ރައްޔިތުން ބޭނުންވާ ތަނުގައި އެއަރޕޯޓު ތަރައްޤީކުރުމަށް ބިންހިއްކުމުގެ މަސައްކަތް މާދަމާ ރަސްމީގޮތުން ފައްޓަވައި، ގިނަވެގެން 30 މަސްދުވަސްތެރޭ، 1800 މީޓަރުގެ ރަންވޭއަކާ އެކު އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތް ނިންމަވާނޭކަމަށް ރޭ ވިލުފުށީ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވިވާހަކަފުޅުގައި ރައީސް ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު