އިސްރަށްވެހިންގެ ނާދީގައި ކެންސަރަށް ހޭލުންތެރިކުރުމާއި ކުއްލި ހާލަތަށް ތައްޔާރުވުމުގެ ސެޝަނެއް ނަގައިފިއެވެ.
އެގޮތުން ހުޅުމާލެ އިސްރަށްވެހިންގެ ނާދީއާއި ހުޅުމާލެ ހޮސްޕިޓަލްގެ ރިޕްރޮޑަކްޓިވް ހެލްތު ޔުނިޓް ގުޅިގެން އިސްރަށްވެހިންނަށް އުރަމަތީގެ ކެންސަރާއި ގުޅޭ މަޢުލޫމާތު ސެޝަނެއް ކުރިއަށް ގެންގޮސްފައިވެއެވެ.
މި ސެޝަންގައި ވަނީ އުރަމަތީގެ ކެންސަރު ދެނެގަންނާނެ ގޮތްތަކާއި، އުރަމައްޗަށް އަންނަ ބަދަލުތަކާއި، ދުރާލާ ކެންސަރަށް ސްކްރީން ކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާފައެވެ.
އިސްރަށްވެހިންނަކީ ހަރަކާތްތެރި ދިރިއުޅުމެއް އުޅޭ، ދުޅަހެޔޮ ބަޔަކަށް ހެދުމުގެ މަޤްސަދުގައި އިސްރަށްވެހިންގެ ނާދީގައި މިފަދަ ތަފާތު ޕްރޮގްރާމުތައް އަބަދުވެސް ކުރިއަށް ގެންދެއެވެ.

މީގެއިތުރުން އިސްރަށްވެހިންނަށް އަމާޒުކޮށްގެން، ކުއްލި ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ މަޢުލޫމާތު ސެޝަނެއް މޯލްޑިވިއަން ރެޑް ކްރެސެންޓާއި އިސްރަށްވެހިންގެ ނާދީ ގުޅިގެން ކުރިއަށް ގެންގޮސްފައިވެއެވެ.
މި ސެޝަންގައި މީހަކު ހޭނެތިއްޖެނަމަ އަމަލުކުރާނެ ގޮތާއި، ކުއްލި ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދޭނެ ގޮތްތަކަށް އަހުލުވެރިކުރުމުގެ ތަފާތު ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.
އިސްރަށްވެހިންނަކީ ހަރަކާތްތެރި ދިރިއުޅުމެއް އުޅޭ، ދުޅަހެޔޮ ބަޔަކަށް ހެދުމުގެ މަޤްސަދުގައި އިސްރަށްވެހިންގެ ނާދީގައި މިފަދަ ތަފާތު ޕްރޮގްރާމުތައް އަބަދުވެސް ކުރިއަށް ގެންދެއެވެ.
އިސްރަށްވެހިންގެ ނާދީގައި ހިންގާ މިފަދަ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު 55 އަހަރުން މަތީގެ ކޮންމެ ބޭފުޅަކަށްވެސް އޮންނާނެއެވެ.






