Saturday, October 31
ޒުވާން ޚަޠީބުންނާއި އިމާމުންގެ ޤައުމީ ކޮންފަރެންސެއް ބާއްވަނީ

ޒުވާން ޚަޠީބުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްގައި އެއް ހާސް ބައިވެރިން ތަމްރީނުކޮށް ނިމުމުން ޒުވާން ޙާފިޒުންނާއި ޒުވާން އިމާމުންނާއި ޚަޠީބުންގެ ޤައުމީ ކޮންފަރެންސެއް ބޭއްވުމަށް ނިންމާ އެކަން އިޢުލާންކޮށްފިއެވެ.

މިކަން އިޢުލާން ކުރައްވާ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ، އަމާޒަކީ 2026 ގައި އެކަން ޙާޞިލްވުންކަމަށާއި މިވަގުތާ ހަމައަށް 500 ޒުވާން ޚަޠީބުންވަނީ ދަސްވެނި ވެފައިވާކަމަށެވެ.

ވަޒީރު އިތުރަށް ވިދާޅުވީ މި ކޮންފަރެންސް ބާއްވާނީ އަންނަ އަހަރުގައި، ރާއްޖެ އިސްލާމްވީ ދުވަސްކަމަށް ފާހަގަ ކުރާ ދުވަހުކަމަށާއި އެ ދުވަހަކީ ރާއްޖެ އިސްލާމްވިތާ 900 އަހަރުވާ ދުވަސްކަމަށެވެ. އަދި ދިވެހިރާއްޖޭގެ އިސްލާމީ މުސްތަޤުބަލުގެ ލީޑަރުން ބިނާކުރުމަކީ އިސްލާމީ ވުޒާރާގެ އެންމެ މަތިވެރި އެއް ޢަޒުމު ކަމަށާއި ރާއްޖޭގައި ޒުވާން ވަރުގަދަ، ރިވެތި އަޚުލާޤުން ޒީނަތްތެެރިވެފައިވާ އިސްލާމީ ޒައާމަތެއް އުފެއްދުމަކީ މިރާއްޖެ އިސްލާމީ ޙަޟާރަތުގެ އަސާސްގެ މަތީގައި ތަރައްޤީވެގެންދާނެކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ޒުވާން ޚަޠީބުންގެ ފެންވަރު ރަނގަޅުކޮށް ލީޑާޝިޕް ހުނަރު އަށަގެންނެވުމަށް އިސްލާމިކް ލީޑާޝިޕް ވޯކްޝޮޕެއްވެސް ފަށައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު