އާދިއްތަ, November 15
އަނެއްކާވެސް ޕިކަޕެއް ބުރިޖުގެ ޑިވައިޑަރެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

އަނެއްކާވެސް ޕިކަޕެއް ބުރިޖުގެ ޑިވައިޑަރެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނީ މާލެއިން ހުޅުމާލެއަށް ދުއްވާފައި ދިޔަ ޕިކަޕެއް ބްރިޖް އެއަރޕޯޓް ލައިޓް ކައިރިން ކޮންޓްރޯލް ނުވެގޮސް ބްރިޖް މެދުގައި ޖަހާފައިވާ ޑިވައިޑަރތަކުގައި ޖެހި އެކްސިޑެންޓް ވެފައިވާކަމުގެ މައުލޫމާތު ރޭ 02:42 އެހާކަށްހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

މި އެކްސިޑެންޓްގައި ޕިކަޕް ދުއްވަން އިން ޑްރައިވަރަށާއި ޕިކަޕުގައި އިން ބިދޭސީ ފިރިހެނަކަށް އަނިވެފައިވާއިރު، ދެމީހުންނަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މީގެ އިތުރުން ފުލުހުން ބުނީ މި އެކްސިޑެންޓްގައި ޕިކަޕަށާއި ޑިވަރައިޑަރއަށް ބޮޑެތި ގެއްލުންވެފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ޕިކަޕް ޑްރައިވަރުގެ ލައިސަންސް ހިފަހައްޓައި ޕިކަޕް ޓޯވކޮށްފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު