އާދިއްތަ, November 15
ދިއްދޫއަށް ދަތުރުކުރަމުން ދަނިކޮށް ފަރަށް އެރި ބޯޓު ފުންކޮށްފި

މާލެއިން ފުރައިގެން ހއ. ދިއްދޫއަށް ދަތުރުކުރަމުން ދަނިކޮށް ފަރަށް އެރި "މެގަ ހޯރަ" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓު ފުންކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ 61 މީހުންނާއެކު ދަތުރުކުރި 98 ފޫޓުގެ މި ބޯޓު ނ.ވަވަތިކުރޮޅިއަށް ފަރަށް އަރައިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން ހަރަކާތްތެރިވެފައިވާ ކަމަށެވެ.

މިގޮތުން މި ބޯޓު ފުންކުރުމުގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ހާބަރކްރާފްޓް ލޯންޗެއް ޑައިވަރުންނާ އެކު އެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވާއިރު، ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީ ވެސް ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެފައެވެ.

އެމްއެންޑީއެފުން ބުނީ ދިޔަވަރު ބޮޑުވުމުން، "މެގަ ހޯރަ" ބޯޓު، އެހެން ދެ އުޅަނދެއްގައި ކަފުޖަހައިގެން މިއަދު 09:35 ހާއިރު ފުންކޮށްފައިވާ ކަމަށެވެ.

މި ހާދިސާގައި، އެ ބޯޓުގައި ތިބި އެއްވެސް މީހަކަށް އަދި ބޯޓަށް ވެސް ގެއްލުމެއް ލިބިފައެއް ނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު