Saturday, October 31
5 މިލިއަން ގަސް މަޝްރޫޢު: އެމްއެންޔޫ ތިނަދޫ ކެމްޕަހުގައި ގަސް އިންދައިފި

ސަރުކާރުން ފަށާފައިވާ "5 މިލިއަން ގަސް އިންދުމުގެ ގައުމީ މަޝްރޫޢު" ގެ ދަށުން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތިނަދޫ ކެމްޕަސްގައި ގަސް އިންދުމުގެ ޚާއްސަ ޙަރަކާތެއް ކުރިއަށްގެންގޮސްފިއެވެ.

ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި މި ޙަރަކާތުގައި ތިނަދޫ ކެމްޕަސްގެ ދަރިވަރުންނާއި މުވައްޒަފުން ބައިވެރިވިއެވެ. ގަސް އިންދުމުގެ މި ޙަރަކާތުގެ މައިގަނޑު މަޤްޞަދަކީ، ތިމާވެށި ރައްކާތެރިކުރުމަށް ޔުނިވަރސިޓީގެ ދަރިވަރުންނާއި މުވައްޒަފުންގެ ދައުރު އަދާކުރުމާއި، ގައުމީ ފެންވަރުގައި ކުރިއަށްދާ 5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢަށް އެހީތެރިވުން ކަމަށް އެ ވުޒާރާއިން ބުނެއެވެ.

މި ހަރަކާތުގެ ދަށުން އެ ކެމްޕަސްގެ އެކި ސަރަހައްދުތަކުގައި ތަފާތު ވައްތަރުގެ ގަސްތައް ވަނީ އިންދާފައެވެ. މި ގަސްތަކަކީ ތިމާވެށްޓަށް ފައިދާހުރި، ދިގު މުއްދަތަށް ދެމިހުންނާނެ ގަސްތަކެއް ކަމަށާއި، މިކަމުގެ ސަބަބުން ކެމްޕަސްގެ ރީތިކަން އިތުރުވެ، ދަރިވަރުންނަށާއި މުވައްޒަފުންނަށް ހިތްފަސޭހަ މާހައުލެއް ޤާއިމުވެގެން ދާނެކަމަށް ޔުނިވަރސިޓީން ބުނެއެވެ.

5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް ފަށާފައިވާ ބޮޑު މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގަސް އިންދުމުގެ ޙަރަކާތްތައް ދަނީ ހިންގަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު