Thursday, November 5
ކޮލްކަތާ އިންޓަރނޭޝަނަލް ޗިލްޑްރަންސް ފިލްމް ފެސްޓިވަލްގައި ބައިވެރިވުމަށް ހުޅުވާލައިފި

ކޮލްކަތާ އިންޓަރނޭޝަނަލް ޗިލްޑްރަންސް ފިލްމް ފެސްޓިވަލްގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.

ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް (އެންސީއޭ) އިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ އިންޑިއާ އަދި ދިވެހިރާއްޖެއާއި ދެމެދު ޘަޤާފީ ގުޅުން އިތުރަށް ބަދަހިކުރުމުގެ މަޤްޞަދުގައި، އިންޑިއާގެ މަޢުލޫމާތާއި ޘަޤާފީ ކަންކަމާބެހޭ ޑިޕާޓްމަންޓުން ވަނީ "ކޮލްކައްތާ އިންޓަރނޭޝަނަލް ޗިލްޑްރަންސް ފިލްމު ފެސްޓިވަލް" ގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖެއަށް ދެއްވާފައިވާ ކަމަށެވެ.

އެންސީއޭ އިން ބުނީ މި ފެސްޓިވަލް ގައި ބައިވެރިވުމަށް ހުށަހެޅޭނީ 2020 އިން 2025 އާ ދެމެދު އުފައްދާފައިވާ ފިލްމުތައް ކަމަށާއި، މި ފެސްޓިވަލް ގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މި ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 31 ޑިސެމްބަރު 2025 ވާ ބުދަ ދުވަހު ފިލްމުތައް ބްލޫ-ރޭ، ޑީސީޕީ، އެމްޕީ4 އަދި ޑީވީޑީ ފޯމެޓްގައި ހުށަހަޅުއްވާ އެކަން އީމެއިލް މެދުވެރިކޮށް އެ ސެންޓަރަށް އެންގުމަށް އެންސީއޭ އިން ވަނީ އެދިފައެވެ.

އަދި މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އެ ސެންޓަރުގެ ނަންބަރު 3336868 އާ ގުޅުއްވުމަށްވެސް އެންސީއޭ އިން އެދިފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު