އާދިއްތަ, November 15
ރައީސް، މުލަކު ކައުންސިލާއި އ.ތ.މ ކޮމިޓީ އަދި ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މުލަކަތޮޅު މުލަކު ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މިއަދު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ވަނީ ރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަންކަން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. މިގޮތުން ކައުންސިލުން ވަނީ އެރަށަކީ، މަސްވެރިވެރި ރަށަކަށްވުމުން ކޯލްޑް ސްޓޯރޭޖުގެ މަސައްކަތް އަވަހަށް ނިންމުމާއި، ރަށުގެ މަގު ހެދުމާއި، މިހާރު ހަދަމުންދާ ސުކޫލު އިމާރާތް އަދި ޒުވާނުންގެ މަރުކަޒުގެ މަސައްކަތް އަވަހަށް ނިންމަވައިދެއްވުމަށް އެދިވަޑައިގެންފައެވެ.

މީގެ އިތުރުން ޞިއްޙީ މަރުކަޒުގެ މުވައްޒަފުންގެ ދަތިކަމާއި ރަށުގައި ޕޮލިސް ވެހިކަލެއް ނެތުމުން ދިމާވާ މައްސަލަތައް ވެސް ހިއްސާކުރެއްވިއެވެ. މީގެއިތުރުން ރަށުގެ ކަރަންޓް ނެޓްވޯކްގެ މައްސަލައާއި އެންބިއުލެންސްގެ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު