ހުޅުމާލޭގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ބުނީ ހުޅުމާލޭ ފޭސް 1، ފިތުރޯނު މަގު އުތުރުން ދެކުނަށް ދުއްވާފައި ދިޔަ ސައިކަލެއްގައި ފަހަތުން އައި ކާރެއް ޖެހި އެކްސިޑެންޓުވެފައިވާ މައްސަލަ ސެޕްޓެންބަރު 20 ވަނަ ދުވަހުގެ 22:48 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މިގޮތުން ފުލުހުން ބުނީ މި އެކްސިޑެންޓުގައި ހިމެނޭ ސައިކަލުގައި ތިބި ދެ އަންހެނުންނަށް އަނިޔާވެގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
ނަމަވެސް އެ މީހުންނަށް ސީރިއަސް އަނިޔާއެއް ވެފައި ނުވާ ކަމަށާއި، އެކްސިޑެންޓުގައި ހިމެނޭ ދެ އުޅަނދަށްވެސް އެކި ވަރުގެ ގެއްލުންވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލަ ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.
މި ލިޔުން ކިޔާލުމުން