Saturday, October 31
ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އައިޑީކާޑްގެ ޚިދުމަތް ފަށައިފި

ވ. ފެލިދޫގައި އައިޑީ ކާޑްގެ ޚިދުމަތާއި ޕާސްޕޯޓް ދޫކުރުމުގެ ހިދުމަތް ފަށައިފިއެވެ.

ރައީސުލްޖުމުހޫރިއްޔާ މިހާރު އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވ. ފެލިދޫގައި މިރޭ  ވަނީ މި ދެ ޚިދުމަތް ރަސްމީކޮށް ފަށާފައެވެ. މިއާއި އެކު ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އައިޑީކާޑްގެ ޚިދުމަތް ފެށުނީއެވެ.

މި ޚިދުމަތް ރަސްމީކޮށް ފެލިދޫގައި ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިން މޫސާ ޒަމީރުއެވެ.

މީގެ އިތުރުން ފެލިދޫގައި ވަނީ ޕާސްޕޯޓްގެ ޚިދުމަތް ވެސް ފަށާފައެވެ. މި ޚިދުމަތް ފެށުމުގެ ފައްޓަވައިދެއްވީ ޑެޕިއުޓީ ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އަހްމަދު އަޝްފާންއެވެ.

.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު