އާދިއްތަ, November 15
ޖީއެސްޓީއާއި ގްރީން ޓެކްސް ނުދައްކާ 135 ފަރާތެއްގެ ނަން މީރާއިން އާންމުކޮށްފި

މި އަހަރުގެ މޭ މަހާ ހަމައަށް ޖީއެސްޓީ އާއި ގްރީން ޓެކުހުގެ ބަޔާން ހުށަހަޅާފައި ނުވާ ފަރާތްތަކުގެ ނަން ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ.

މީރާއިން އާންމުކުރި ލިސްޓުގައި ޓެކްސް ނުދައްކާ 135 ފަރާތެއްގެ ތަފްޞީލް ހިމަނާފައިވެއެވެ. މި ސެޕްޓެންބަރު މަހުގެ 8 ވަނަ ދުވަހު މީރާއިން ފުރަތަމަ ޝާއިޢުކުރި ލިސްޓުގައި ޓެކްސް ނުދައްކާ 152 ފަރާތެއްގެ ތަފްޞީލް ހިމަނާފައިވީނަމަވެސް، އޭގެ ފަހުން 17 ފަރާތަކުން ޓެކްސް ދެއްކުމާ ގުޅިގެން އިއްޔެގެ ނިޔަލަށް ޖީއެސްޓީއާއި ގްރީން ޓެކުހުގެ ބަޔާން ހުށަހަޅާފައި ނުވާ ފަރާތްތަކުގެ އަދަދު ވަނީ 135 އަށް ދަށްވެފައެވެ.

މިގޮތުން ޓެކްސް ނުދައްކާ ފަރާތްތަކުގެ ލިސްޓު މީރާއިން ވަނީ ގެޒެޓްކޮށް އެ އިދާރާގެ ވެބްސައިޓުގައި ވެސް ޝާއިޢުކޮށްފައެވެ.

މި ފަރާތްތަކުން ދައްކަން ޖެހޭ ޓެކުހުގެ ސީދާ އަދަދެއް މީރާއިން ހާމަކޮށްފައެއް ނުވެއެވެ.

ޓެކްސް ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރާ އުސޫލުގެ ދަށުން މީރާއިން އާންމުކުރި ލިސްޓުގައި ރާއްޖޭގައި ވިޔަފާރި ކުރާ މަޝްހޫރު ވިޔަފާރިތައް ހިމެނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު