އާދިއްތަ, November 15
ހިތުގެ ބަލިތަކަށް އާންމުން ހޭލުންތެރިކުރުމަށް މަޝްވަރާކޮށްފި

މިނިސްޓަރ އޮފް ހެލްތު އަބްދުﷲ ނާޘިމް އިބްރާހީމް ޓައިނީ ހާރޓްސް އޮފް މޯލްޑިވްސް ގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.

ޞިއްޙީ ވުޒާރާގައި ބޭއްވި މި ބައްދަލުވުމުގައި ދެފަރާތުން ގުޅިގެން ހިތުގެ ބަލިތަކަށް އާންމުން ހޭލުންތެރިކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވައިފައެވެ. އަދި މި މަހު ފާހަގަކުރާ ދުނިޔޭގެ ހިތުގެ ދުވަހާ ގުޅިގެން ކުރިއަށް ގެންދަން ރާވާފައިވާ ހަރަކާތްތަކާ ބެހޭ ގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވެއެވެ.

ޓައިނީ ހާރޓްސް އޮފް މޯލްޑީވްސް އަކީ ކުޑަކުދިންނަށް ދިމާވާ އެކިއެކި ހިތުގެ މައްސަލަތަކާ ގުޅޭގޮތުން ބެލެނިވެރިންނަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދީ ބެލެނިވެރިން ހޭލުންތެރިކުރުވުމަށް އުފައްދާފައިވާ ޖަމުޢިއްޔާއެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު