އާދިއްތަ, November 15
ޚާރިޖީ ވަޒީރު ‏‎ޗިލޭގެ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

ޚާރިޖީ ވަޒީރު ޑޮކްޓަރ އަބްދުﷲ ޚަލީލް، ޗިލޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު، އަލްބަރޓޯ ވެން ކްލެވެރެން އަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

‏‎ވަޒީރުގެ މެސެޖުގައި ވަނީ ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އެމަނިކުފާނުގެ އަމިއްލަ ނަމުގައި، ވަޒީރު، އަލްބަރޓޯ ވެން ކްލެވެރެން އާއި ޗިލޭ ސަރުކާރަށާއި އެންމެހާ ރައްޔިތުންނަށް، ޤައުމީ ދުވަހުގެ ތަހުނިޔާ އާއި އިޚްލާޞްތެރި ހެޔޮ އެދުންތައް ފޮނުއްވައިފައެވެ.

މީގެ އިތުރުން ‏‎ދިވެހިރާއްޖެ އާއި ޗިލޭ އާ ދެމެދު އޮންނަ ގާތް ރަޙްމަތްތެރި ގުޅުމާއި އެއްބާރުލުން ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ހަރުދަނާވެގެންދާނެކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

‏‎"އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުސަތުގެ ބޭނުން ކުރީން"، ވަޒީރުގެ މެސެޖުގައި ވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު