އާދިއްތަ, November 15
ސަރުކާރުގެ ބޭސް ކުންފުނީގެ ބޯޑަށް އިތުރު ދެ މެންބަރުން ޢައްޔަންކޮށްފި
ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑްގެ ބޯޑަށް ދެ މެންބަރަކު ޢައްޔަންކޮށްފިއެވެ. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުން އެ ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑްގެ ބޯޑުގެ މެންބަރު ކަމަށް ޢައްޔަންކޮށްފައިވަނީ މ. ލަންސިމޫގެ، އަޙްމަދު އަޒްޔާން ޙަމީދާއި ށ. މާއެނގޫދޫ، ކަރަންކާވިލާ، އާދަމް ބަދުރުﷲ އެވެ. ޕީސީބީން ވަނީ މި މަހުގެ 14 ވަނަ ދުވަހުވެސް އެ ކުންފުނީގެ ބޯޑަށް ތިން މެންބަރުން ޢައްޔަންކޮށްފައެވެ. މިގޮތުން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމަށް ޢައްޔަންކޮށްފައިވަނީ ވ. ފަޝާމަންޒިލް، ޑރ. ޝާހު މާހިރެވެ. މީގެ އިތުރުން އެ ބޯޑުގެ މެންބަރުކަމަށް މ. ކުރެއްދޫގެ، ޢާއިޝަތު މުޙައްމަދާއި ފުލެޓު ނަންބަރު 10-3-1، ޝިބާނާ ޢަބްދުﷲ ދީދީ ވެސް ވަނީ ޢައްޔަންކޮށްފައެވެ. "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އުފެއްދެވީ 9 ސެޕްޓެންބަރު 2025 ގައެވެ. މިއީ ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްއާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ ދިވެހިރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ފުޅާކޮށް، އެތަކެތި ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމުގެ އެންމެހައި މަސައްކަތް ކުރުމުގެ މަގުސަދުގައި އުފައްދަވައިފައިވާ ކުންފުންޏެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު