އާދިއްތަ, November 15
ހުޅުމާލޭ ޓަރމިނަލުގެ އިލެކްޓްރޯނިކް ވެހިކަލް ކިޔު ލައިވްކުރުން އޮކްޓޫބަރު 1 އަށް ފަސްކޮށްފި

ހުޅުމާލެ ޓާމިނަލްއިން މުދާ ދޫކުރަމުންދާ އުސޫލް މިހާރަށްވުރެ ހަރުދަނާކުރުމުގެ ގޮތުން ޤާއިމްކުރުމަށް ނިންމާފައިވާ އިލެކްޓްރޯނިކް ވެހިކަލް ކިޔު ލައިވްކުރާ ތާރީޚް ފަސްކޮށްފިއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ ހުޅުމާލެ ޓާމިނަލްގައި ގާއިމް ކުރުމަށް ނިންމާފައިވާ އިލެކްޓްރޯނިކް ވެހިކަލް ކިޔު އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ފެށުމަށް ހަމަޖެހިފައިވާ ތާރީޚް 01 އޮކްޓޫބަރު 2025 އަށް ބަދަލުކުރެވިފައިވާ ކަމަށެވެ. އަދި ކިޔު ގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް އިތުރު ފުރުސަތެއް ދިނުމުގެ ގޮތުން 2025 ސެޕްޓެމްބަރ 25 ވަނަ ދުވަހުގެ 23:59 އާއި ހަމައަށް ފޯމް ހުށަހެޅޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށްވެސް އެމްޕީއެލް އިން ބުންޏެވެ. މި ފޯމު އީމެއިލް މެދުވެރިކޮށް ނުވަތަ ހުޅުމާލޭ ފައިނޭންސް ކައުންޓަރަށް ހުށަހެޅޭނެއެވެ.

މި ކިޔުގައި ބައިވެރިވުމަށް މާލެ ކޮމާޝަލް ހާބަރ (އެމްސީއެޗް) ވެހިކަލް ކިޔު ކައުންޓަރުގައި ރަޖިސްޓްރީވެފައިވާ ފަރާތެއްނަމަ ރެޖިސްޓްރޭޝަން ފޯމާއިއެކު އެމްސީއެޗް ކިއުއިން ވަކިކޮށް ދިނުމަށް އެދި ލިޔެފައިވާ ސިޓީ ހުށަހަޅަންވާނެއެވެ. މީގެ އިތުުރުން މި ކިޔުގައި ބައިވެރިވުމަށް ބަލާނެ މިންގަނޑުތަކުގެ ތެރޭގައި ރަޖިސްޓްރީ ވުމަށް އެދި ހުށަހަޅާ ފަރާތަކީ އެމްސީއެޗް ކިއު ކައުންޓަރުން ރަޖިސްޓްރޭޝަން ބާތިލު ކުރެވިފައިވާ ފަރާތަކަށް ނުވުމާއި، ފޯމާއި އެކު ހުށަހަޅާ ލިޔެކިޔުންތަކުގެ މުއްދަތު ހަމަވެފައި ނުވުން ހިމެނެއެވެ. އެމްޕީއެލް އިން ބުނީ، ވެހިކަލްގެ ވެރިފަރާތަކީ ދިވެހި ރައްޔިތެއްކަމުގައިވުމުގެ އިތުރުން އޭ ޒޯންގައި ރަޖިސްޓްރީ ކުރެވިފައިވާ ވެހިކަލްއެއް ކަމުގައިވުން އަދި ޕިކަޕްގެ ގޮތުގައި ބެލެވޭނީ 1 ޓަނުން ފެށިގެން މަތީ ވެހިކަލް ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު