Saturday, October 31
ސަލްޓަން ޕާކު ތަރައްޤީކުރުމުގެ މަސައްކަތް އާރުޑީސީން ބާރު ސްޕީޑްގައި ކުރިއަށް
މާލޭ ސަލްޓަން ޕާކު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ހާމަކޮށްފިއެވެ. އާރުޑީސީން މިއަދު ބުނީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި އެކޯޕަރޭޝަނާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ސަލްޓަން ޕާކު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ތަކުގެ ތެރެއިން މިވަގުތު ކުރިއަށް ދަނީ ކުނި އެއްކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުގައި ފެންސު ޖެހުމާއި އެހިސާބަށް ކައިރިވެވޭނެ ފަސޭހަ އިންތިޒާމެއް ހަމަޖެއްސުމުގެ މަސައްކަތް ކަމަށެވެ. މީގެ އިތުރުން ޕްލޭގުރައުންޑު ވަށައިގެން ގްރާސް ބުލޮކް ޖެހުމާއި ފެންސުތައް މަރާމާތުކޮށް ވެލްޑިންގގެ މަސައްކަތް ވެސް ކުރަމުުންދާ ކަމުގައި އާރުޑީސީން ބުންޏެވެ. ސަލްޓަން ޕާކު އަލަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތަށް އޮގަސްޓު 21 އިން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަކަށް އެ ޕާކު ވަނީ ބަންދުކޮށްފައެވެ. ޒަމާނީ ފެންވަރަށް ސަލްޓަން ޕާކު އަލުން ތަރައްޤީ ކުރުމަކީ ސަރުކާރުގެ ވަޢުދެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހައުސިން މިނިސްޓަރު ކަމުގައި ހުންނަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވަނީ ސަލްޓަން ޕާކަށް ވަރަށް ބޮޑު ބަދަލެއް ގެންނަވައިފަ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު