ޞިއްޙީ ވުޒާރާއިން ބާއްވާ ހެލްތު އެކްސްޕޯ 2025 އިންތިޒާމު ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފިއެވެ.
ޞިއްޙީ ވުޒާރާއިން ކުރި އިޢުލާނެއްގައި ވަނީ މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 17 ސެޕްޓެންބަރު 2025 ވާ ބުދަ ދުވަހުން ފެށިގެން 29 ސެޕްޓެންބަރު 2025 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރުމަށް އަންގައިފައެވެ.
އެ ވުޒާރާއިން ބުނީ މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2 އޮކްޓޫބަރު 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ކަމަށެވެ.
މިކަމާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންނަމަ، 30 ސެޕްޓެންބަރު 2025 ވާ އަންގާރަ ދުވަހު ހެނދުނު 11:00 ގެ ކުރިން އީމެއިލް ކުރުމަށް ޞިއްޙީ ވުޒާރާއިން ވަނީ އެދިފައެވެ. އަދި ރެޖިސްޓަރ ނުކުރާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ.
ހެލްތު އެކްސްޕޯ އަކީ، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ޞިއްޙީ ދާއިރާއިން ކުރަމުންދާ މަސައްކަތްތަކާއި ޞިއްޙީ ގޮތުން ދުޅަހެޔޮ އާދަތަކަށް އާންމުން ހޭލުންތެރިކުރުމާއި ގުޅޭ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް، ކުރިއަށް ގެންދާ ހަރަކާތެކެވެ.
މި ލިޔުން ކިޔާލުމުން