އާދިއްތަ, November 15
އެމްޕީއެލްގެ އެޕެރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ އެޕެރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އެމްޕީއެލް އިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ މިނިސްޓްރީ އޮފް ޔޫތް އެމްޕަވާމެންޓް، އިންފޯމޭޝަން އެންޑް އާޓްސް އާއި އެ ކުންފުނި ގުޅިގެން 2025 ވަނަ އަހަރު ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ އެޕެރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.

މިގޮތުން ހަ ދާއިރާއަކުން ޖުމުލަ 30 އިންޓަރންޝިޕް ފުރުޞަތަށް އެމްޕީއެލް އިން ވަނީ ހުޅުވާލައިފައެވެ. މި ޕްރޮގަރާމަށް ހޮވޭ ފަރާތްތަކަށް ކޮންމެ މަހަކު 5،000 ރުފިޔާގެ އެލަވަންސެއް ހަމަޖައްސައިދެވޭނެ ކަމަށާއި، މި ޕްރޮގްރާމްގެ މުއްދަތަކީ 6 މަސްދުވަސް ކަމަށް އެމްޕީއެލް އިން ބުނެއެވެ.

މި ޕްރޮގްރާމަށް ޝައުޤުވެރިވާ ފަރާތްތަކުން 29 ސެޕްޓެންބަރު 2025 ގެ 15:30 ގެ ނިޔަލަށް މި ލިންކް މެދުވެރިކޮށް ފޯމު ހުށަހެޅުމަށް އެމްޕީއެލް އިން ވަނީ އެދިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު