އާދިއްތަ, November 15
ފުލުހުން ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރުމަށް ބިދޭސީއަކު ހޯދަނީ

މާފަންނު ޕޮލިސް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަޙުޤީޤަށް މީހަކު ހޯދަން އިޢުލާންކޮށްފިއެވެ.

މިގޮތުން ފުލުހުން ހޯދަމުންދަނީ މުޙައްމަދު ރައްބީ (32އ)، ބަންގުލަދޭޝް އެވެ.

ފުލުހުން ވަނީ އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަޙުޤީޤަށް ހާޒިރުވުމަށް އަންގައިފައެވެ.

މައްސަލައިގެ ތަހުޤީޤަށް ތުހުމަތުގައި ސުވާލުކުރުމަށް އޭނާ ހާޒިރުވާން ޖެހޭނީ 2025 ސެޕްޓެންބަރު 25 ވަނަ ދުވަހުގެ 14:00 އަށް މާފަންނު ޕޮލިސް ސްޓޭޝަން އަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު