އާދިއްތަ, November 15
ފަތުރުވެރިކަމުގެ ދާއިރާގައި އިންވެސްޓުކުރުމުގެ ފުރުސަތުތަކަށް ޚާއްސަ ވެބިނަރ ސީރީސްއެއް
ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖޭގެ އިންވެސްޓުކުރުމުގެ ފުރުސަތުތައް ދައްކާލައި، ބައިނަލްއަޤްވާމީ އިންވެސްޓަރުންގެ ސަމާލުކަން ހޯދުމުގެ ގޮތުން ވެބިނަރ ސިލްސިލާއެއް ކުރިއަށްގެންދިއުމަށް ތައްޔާރުވެއްޖެއެވެ. މި ސިލްސިލާ އަމާޒުކޮށްފައިވަނީ އޭޝިއާ، ޕެސިފިކް، ޔޫރަޕް، މެދުއިރުމަތި، އަދި އެމެރިކާގެ ބައިވެރިންނަށެވެ. ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި ޚާރިޖީ ވުޒާރާ، ރާއްޖޭގެ އެކި ޤައުމުތަކުގައި ހުންނަ މިޝަންތައް، އަދި އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ މި ވެބިނަރ ސިލްސިލާގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ އާ ހަބަރުތަކާއި، އިންވެސްޓުކުރުމުގެ ފުރުސަތުތައް ދައްކާލެވޭނެއެވެ. މި ސިލްސިލާގެ ފުރަތަމަ ސެޝަން ބާއްވާފައިވަނީ އިއްޔެއެވެ. މި ސެޝަންގައި ޚާއްސަ ސަމާލުކަން ދީފައިވަނީ އޭޝިއާ ޕެސިފިކް އަދި ގަލްފު ޤައުމުތަކުގެ ބައިވެރިންނަށެވެ. މި ވެބިނަރތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ބޭރުގެ އިންވެސްޓްމަންޓްތައް ލިބި، ދިވެހި އިޤްތިޞާދަށް ކުރިއެރުން ލިބޭނެކަމަށް އުއްމީދުކުރެވޭ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ބުނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު