އާދިއްތަ, November 15
ފުރަތަމަ ފަހަރަށް ގައުމީ ފެންވަރުގައި ސާފުތާހިރުކަން ކަށަވަރުކުރުމަށް ސިޔާސަތެއް އެކުލަވާލަނީ

ރާއްޖޭގައި ފެނާއި ސާފުތާހިރުކަން (ވޮޝް) ކަށަވަރުކުރުމަށްޓަކައި ގައުމީ ފެންވަރުގައި އެކުލަވާލާ ފުރަތަމަ ސިޔާސަތާއި އަމަލީ ނިޒާމުގެ ދެލިކޮޕީ، ޓޫރިޒަމް އަދި ތިމާވެށްޓާ ބެހޭ ވުޒާރާއިން ޔުނިސެފްގެ އެހީތެރިކަމާއެކު ތައްޔާރުކޮށްފިއެވެ.

އެ ވުޒާރާއިން ހާމަކުރާ ގޮތުގައި މި ސިޔާސަތުގެ މައިގަނޑު މަޤްސަދަކީ، ރައްކާތެރި ބޯފެން ލިބުން ކަށަވަރުކުރުމާއި، ސާފުތާހިރުކަން ރަނގަޅުކުރުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ދުޅަހެޔޮ ތިމާވެށްޓެއް ޤާއިމުކުރުމެވެ. މިއީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފެނާއި ސާފުތާހިރުކަމުގެ ޚިދުމަތްތައް ހަމަހަމަކޮށް ލިބިގެންދިއުމަށްޓަކައި ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް އެ ވުޒާރާއިން ބުނެއެވެ.

މި ދެލިކޮޕީ އިތުރަށް ވަރުގަދަ ކުރުމަށްޓަކައި، މިއަދު ވަނީ ވެލިޑޭޝަން ވޯކްޝޮޕެއް ބާއްވާފައެވެ. މި ވޯކްޝޮޕްގައި ސަރުކާރުގެ މުއައްސަސާތަކާއި، ޔުޓިލިޓީ ކުންފުނިތަކާއި، އަމިއްލަ ޖަމްޢިއްޔާ ޖަމާއަތްތަކުންނާއި، ގުޅުންހުރި އެހެނިހެން ފަރާތްތަކުން ބައިވެރިވެފައިވެއެވެ.

މިފަދަ މުހިއްމު ފަރާތްތަކުގެ ބައިވެރިވުމަކީ، މި ސިޔާސަތު އިތުރަށް ހަރުދަނާކޮށް، ރައްކާތެރި ފެނާއި، ރަނގަޅު ސާފުތާހިރުކަމާއި، ދުޅަހެޔޮ ތިމާވެށްޓެއް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ކަށަވަރުކުރުމަށްޓަކައި ވަރަށް މުހިންމު ފިޔަވަޅެއް ކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު