އާދިއްތަ, November 15
ޓެކްސް ކޮމްޕްލަޔަންސް ހަރުދަނާކުރުމޭ ގުޅޭގޮތުން މަޝްވަރާކޮށްފި

ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހިމް، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން، ހަސަން ޒަރީރާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވިފައިވަނީ، ޓެކްސްގެ ކަންކަން ހަރުދަނާކުރުމާއި، ސަރުކާރުގެ މުއައްސަސާތަކުގެ މެދުގައި ހިނގާ މަސައްކަތްތައް އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންނެވެ. ހާއްސަކޮށް، ގައުމީ އިޤްތިސާދީ އަމާޒުތަކާ އެއްގޮތަށް ފަތުރުވެރިކަމުގެ ސިނާއަތުން ސަރުކާރަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ކުރެވިދާނެ ކަންކަމާއި، މިކަމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން ވަނީ ޚިޔާލު ބަދަލުކުރެވިފައެވެ.

ދެފަރާތުންވެސް ވަނީ، ސާފުކަންބޮޑު އަދި ދެމެހެއްޓެނިވި، އަދި ޖަވާބުދާރީކުރުވޭނެ ނިޒާމެއް ގާއިމުކުރުމަށް އަޒުމް އާކުރައްވާފައެވެ. މި ނިޒާމަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް އެހީތެރިވެދޭނެ ނިޒާމެއްކަން ދެ ބޭފުޅުން ފާހަގަކުރެއްވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު