އާދިއްތަ, November 15
މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި ހުޅުމާލެއިން ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތު ގައި ހުޅުމާލެ ފޭސް 1 އިން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މަހު 15 ވަނަ ދުވަހު ހުޅުމާލެ ފޭސް 1 ގެ ފުލުހުން ރަށުތެރެ ޕެޓްރޯލުކުރަމުން ދިޔައިރު ފޭސް 1 ކަންނެލި ޖެޓީ ސަރަހައްދުން ސައިކަލެއްގައި ދިޔަ ދެ މީހެއްގެ އަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން މަޑުކުރަން ފުލުހުން އެންގުމުން އެ މީހުން ވަނީ މަޑުނުކޮށް ގޮސްފައިވާ ކަމަށެވެ.

އެހެންކަމުން އެ މީހުން ފަހަތުން ފުލުހުން ގޮސް ސައިމާ ހިނގުން ފްލެޓްތައް ސަރަހައްދުން އެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ނުވަ ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން  ސ. ހިތަދޫ / ގުލްބަކާގެ، މުޙައްމަދު ނާޒިޝް ނާޘިމް (29އ) އާއި މާލެ / މއ. އަރާހަނދު، ނާޢިމް ޢަބްދުއްރަޝީދު (18އ) ހައްޔަރުކޮށް އަދި އެ މީހުން ދުއްވި ސައިކަލު ޓޯކޮށްފައިވާ ކަމަށެވެ. މި ދެ މީހުންގެ ބަންދަށް ވެސް ކޯޓުން ވަނީ ފަސް ދުވަސް ޖަހައިފައެވެ.

މީގެ އިތުރުން، މި މަހު 13 ވަނަ ދުވަހު ވެސް ހުޅުމާލެ ފޭސް 1 ގެ ސައިމާ ހިނގުން ސަރަހައްދު ބަލައިފާސްކުރުމުގެ ތެރޭގައި، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ނުވަ ރަބަރު ޕެކެޓު ފެނިފައިވާއިރު، މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

މި ދެ މައްސަލަ ވެސް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު