އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ އޮޕަރޭޝަންސް ޑައިރެކްޓަރުގެ މަގާމަށް ފާޠިމަތު ފާރިހަތު ވަޙީދު އައްޔަންކޮށްފިއެވެ.
އެސްޑީއެފްސީން ހާމަކުރާ ގޮތުގައި އޮޕަރޭޝަންސް ޑައިރެކްޓަރުގެ ހައިސިއްޔަތުން ކުންފުނީގެ އެޑްމިނިސްޓްރޭޝަން، ޕްރޮކިއުމަންޓް، ހިއުމަން ރިސޯސަސްގެ އިތުރުން މާކެޓިންގ އާއި ބިޒްނަސް ޑިވެލޮޕްމަންޓް އަދި އިންފޮމޭޝަން ސިސްޓަމްސް ޑިޕާޓްމަންޓްތައް ފާރިހަތު ބަލަހައްޓަވާނެއެވެ.
އެސްޑީއެފްސީއާ ގުޅިވަޑައިގަތުމުގެ ކުރިން، ފާރިހަތު ވަނީ ބޭންކް އޮފް މޯލްޑިވްސްގެ ހެޑް އޮފް ކާޑު ނެޓްވާރކްސް އެންޑް ސްޓްރެޓެޖިކް ޕާޓްނަރޝިޕްސްގެ މަގާމު ފުރުއްވާފައެވެ. ބޭންކިންގ އަދި ފައިނޭންޝަލް ސަރވިސަސް ދާއިރާގައި 19 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ފާރިހަތު ވަނީ، ހެޑް އޮފް ކާޑު ޕޭމަންޓްސް އެންޑް ގަވަރނަންސް އަދި ހެޑް އޮފް ސްޓްރެޓެޖީ އެންޑް ޗޭންޖް ފަދަ އިސް މަގާމުތައް ފުރުއްވާފައެވެ.
"އަޅުގަނޑުމެންގެ ލީޑަރޝިޕް ޓީމާ ފާރިހަތު ގުޅިވަޑައިގަތުމުން މަރުހަބާ ދަންނަވަން"، އެސްޑީއެފްސީގެ މެނޭޖިންގ ޑިރެކްޓަރ ބަދުރުއްދީން ހަސަން ވިދާޅުވިއެވެ.
"ފައިނޭންޝަލް ސަރވިސަސް، ސްޓްރެޓެޖިކް ޗޭންޖް މެނޭޖްމަންޓް، އަދި މުހިންމު ޕާޓްނަރޝިޕްތައް ބެލެހެއްޓުމުގައި ފާރިހަތު ހޯއްދަވާފައިވާ ތަޖުރިބާ، އަޅުގަނޑުމެންގެ އޮޕަރޭޝަންސް އިތުރަށް ހަރުދަނާކޮށް، ދިވެހިރާއްޖޭގެ އެސްއެމްއީ ސެކްޓަރަށް އަޅުގަނޑުމެން ފޯރުކޮށްދޭ އެހީތެރިކަން އިތުރުކުރުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރާނެކަމަށް އަޅުގަނޑު ގަބޫލުކުރަން"، ބަދުރުއްދީން ވިދާޅުވިއެވެ.
ފާރިހަތު ވަނީ މޮނާޝް ޔުނިވަރސިޓީ މެލޭޝިއާއިން މާސްޓަރ އޮފް އިންޓަރނޭޝަނަލް ބިޒްނަސް ހާސިލުކުރައްވާފައެވެ. އަދި އޭޝިއަން އިންސްޓިޓިއުޓް އޮފް ޗާޓަޑް ބޭންކަރސްއިން ޗާޓަޑް ބޭންކަރ ޕްރޮފެޝަނަލް ކޮލިފިކޭޝަންވެސް ހާސިލުކުރައްވާފައިވެއެވެ.
މި ލިޔުން ކިޔާލުމުން