އާދިއްތަ, November 15
އިންޑިއާއާއެކު ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުން ފާހަގަކުރުމަށް 60 ގަސް އިންދައިފި

ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ޚާއްސަ ޕްރޮގްރާމެއްގެ ދަށުން 60 ގަސް އިންދައިފިއެވެ. މި ހަރަކާތުގައި، ދިވެހިރާއްޖެއަށް އިންޑިއާއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ގީތު ބާލަސުބްރަމާނިއަމް އާއި ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވަޒީރު، ޠާރިޤު އިބްރާހިމް ބައިވެރިވެވަޑައިގެންފައިވެއެވެ.

މި ޚާއްސަ ހަރަކާތް ކުރިއަށް ގެންދެވުނީ ދެ ގައުމުގެ ދެމެދުގައިވާ ގާތް ގުޅުންތަކަށް އަލިކަމެއް ގެނެސްދިނުމާއި، ކުރިމަގަށްޓަކައި މި ގުޅުންތައް އިތުރަށް ބަދަހިކުރުމުގެ ރަމްޒެއްގެ ގޮތުގައެވެ.

ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ބުނީ ދިވެހިރާއްޖެއާއި އިންޑިއާއަކީ އެތައް އަހަރުތަކެއް ވަންދެން ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަންނަ ދެ ގައުމެވެ. ސިޔާސީ، އިޤްތިސާދީ އަދި ސަގާފީ ގޮތުންވެސް މި ދެ ގައުމުގެ ގުޅުން ދަނީ ދުވަހުން ދުވަހަށް ވަރުގަދަވަމުން ކަމަށާއި، ދެ ގައުމުގެ ރައްޔިތުންނަށް ފައިދާކުރަނިވި ގޮތަކަށް ގުޅުންތައް އިތުރަށް ހަރުދަނާކުރުމަށް މިފަދަ ހަރަކާތްތަކަކީ މުހިންމު ދައުރެއް އަދާކުރާނެ ކަންކަން ކަމަށެވެ.

މި ޙަފްލާއަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކޮށް، ދެ ގައުމު ގުޅިގެން ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތްކުރުމަށް އިތުރަށް ހިތްވަރުދޭނޭ ހަފްލާއެއް ކަމުގައިވެސް އެ ވުޒާރާއިން ބުންޏެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު