އާދިއްތަ, November 15
ޚާރިޖީ ވަޒީރު އެލް ސަލްވަޑޯރގެ ގައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

ޚާރިޖީ ވަޒީރު ޑޮކްޓަރ ޢަބްދުﷲ ޚަލީލް، އެލް ސަލްވަޑޯރގެ ގައުމީ ދުވަހުގެ މުނާސަބަތުގައި އެގައުމުގެ ޚާރިޖީ ވަޒީރު، ހުއާނާ އެލެކްޒެންޑްރާ ހިލް ޓިނޯކޯ އަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

‏‎ވަޒީރުގެ މެސެޖުގައި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އެމަނިކުފާނުގެ އަމިއްލަ ނަމުގައި ވަޒީރު ހުއާނާ އެލެކްޒެންޑްރާ ހިލް ޓިނޯކޯ އަށާއި، އެލް ސަލްވަޑޯރގެ ސަރުކާރަށް އަދި އެންމެހާ ރައްޔިތުންނަށް ގައުމީ ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ.

އަދި އެލް ސަލްވަޑޯރ އާއި ދިވެހިރާއްޖެއާ ދެގައުމުގެ ދެމެދުގައިވާ އެއްބާރުލުން ކުރިއަށް އޮތް އަހަރުތަކުގައި ހަރުދަނާވެ، އިތުރުވެގެންދާނެކަމަށް އުންމީދުކުރައްވާ ކަމުގައިވެސް ވަޒީރު ވިދާޅުވިއެވެ.

"އަޅުގަނޑު ކަމަނާއަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް، މި ފުރުސަތުގެ ބޭނުންކުރީން"، ވަޒީރުގެ މެސެޖުގައި ވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު