Saturday, October 31
އުތީމުގައި ޢިމާރާތްކުރާ ސްޓޭޓް ހައުސްގެ މަސައްކަތާއި ގުޅޭގޮތުން މަޝްވަރާކޮށްފި

މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު، ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދާ ބައްދަލުކުރައްވައިފިއެވެ.

މިއަދު އޮތް މި ބައްދަލުކުރެއްވުމުގައި އުތީމުގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ ސްޓޭޓް ހައުސްގެ މަސައްކަތާއި، އަލަށް ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ ކައުންސިލް އިދާރާގެ މަސައްކަތާއި، ރަށުގެ ކުޑަކުދިންގެ ޕާކުގެ މަސައްކަތާއި އަދި ރަށުގައި ކުރިއަށްދާ ތަރައްޤީގެ މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާކުރެވިފައިވާ ކަމަށް ސިޓީސް އެންޑް ލޯކަލް ގަވަރމަންޓް މިނިސްޓްރީން މައުލޫމާތުދެއެވެ.

މީގެ އިތުރުން ނޮވެންބަރ މަހު އުތީމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ތިލައުތުރު ފްޓަސަލް މުބާރާތާ ބެހޭ ގޮތުން ވެސް މަޝްވަރާކުރެވުނެވެ.

މި ބައްދަލުވުމުގައި މިނިސްޓަރގެ އަރިހުގައި ސްޓޭޓް މިނިސްޓަރ އަޙްމަދު ސާލިމާއި، ސްޓޭޓް މިނިސްޓަރ އަޙްމަދު ރަޝީދާއި، ސްޓޭޓް މިނިސްޓަރ މުޙައްމަދު މާހިރާއި އުތީމު ހިމެނޭ ކުލަސްޓަރގެ ކަންތައް ބެލެހެއްޓުމުގައި އިސްކޮށްކޮށް ޙަރަކާތްތެރިވެ ލައްވާ ޑެޕިޔުޓީ މިނިސްޓަރ މުޙައްމަދު ޙަސަން ބައިވެރިވެލެއްވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު