Saturday, October 31
މާފަންނު ގެއެއްގައި މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެ

މާފަންނު ގެއެއްގައި މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުން ބުނީ މާލޭ މާފަންނު ގެއެއްގައި މީހަކު ނިޔާވެފައި އޮއްވާ ފެނުނު މައްސަލައިގައި ޖިނާއީ ކުށެއްގެ ތުހުމަތު ކުރެވޭ ކަމެއް މިހާތަނަށް ތަޙުޤީޤަށް ފާހަގަކުރެވިފައި ނުވާ ކަމަށެވެ.

އަދި މި މައްސަލައިގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހެނދުނު 7:22 ހާއިރު ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންދާއިރު، މި މައްސަލައާ ގުޅޭ އިތުރު އެއްވެސް ތަފްޞީލެއް އަދި ހާމައެއް ނުކުރެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު