އާދިއްތަ, November 15
ނިލަންދޫން ގެއްލިގެން ހޯދަމުންދިޔަ ކުއްޖާ ފެނިއްޖެ

ފ. ނިލަންދޫން ގެއްލިގެން ހޯދަމުންދިޔަ ކުއްޖާ ފެނިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ނިލަންދޫގައި 14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިފައިވާ މައްސަލަ ސެޕްޓެންބަރު 14 ވަނަ ދުވަހުގެ 22:15 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ ސެޕްޓެންބަރު 14 ވަނަ ދުވަހުގެ ހަވީރު ގެއިން ނުކުތް ގޮތަށް އެ ކުއްޖާގެ ޚަބަރެއް ވެފައި ނުވާ ކަމަށް ޢާއިލާއިން މަޢުލޫމާތު ދީފައިވާ ކަމަށެވެ. އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި ރަށު ކައުންސިލާ ރައްޔިތުން ގުޅިގެން ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.

އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ރޭ ދަންވަރު 2:40 ހާއިރު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އެ ކުއްޖާގެ ހާލު ރަނގަޅެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު