އާދިއްތަ, November 15
ފެނަކައިގެ ބޯޑަށް އިތުރު މެންބަރަކު ޢައްޔަންކޮށްފި
ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް އިތުރު މެންބަރަކު ޢައްޔަންކޮށްފިއެވެ. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ހާމަކުރި ގޮތުގައި ފެނަކައިގެ ބޯޑު މެންބަރުގެ މަޤާމަށް ޢައްޔަންކޮށްފައިވަނީ ނ. ވެލިދޫ، އެއްގަމުގެ، މުޙައްމަދު އީމާނެވެ. އަލަށް ޢައްޔަންކުރެވުނު މެންބަރާއެކު ފެނަކައިގެ ބޯޑުގައި މިހާރު ޖުމުލަ ހަތް މެންބަރުން ތިއްބަވާނެއެވެ. އެއީ ފެނަކައިގެ ޗެއާމަން، ޙުސައިން ޝާމް އާދަމާއި، މެނޭޖިންގ ޑިރެކްޓަރ، މޭޖަރ (ރިޓަޔަރޑް) މުޙައްމަދު ނަޖާޙްގެ އިތުރުން ބޯޑު ޑިރެކްޓަރުން ކަމަށްވާ އަޙްމަދު މާޒިން، ޢަބްދުﷲ ޙަނީފް، ޢާއިޝަތު ޝިޒްލާ، މުޙައްމަދު ޝަރީފް ޢަލީ އަދި މުޙައްމަދު އީމާނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު