އާދިއްތަ, November 15
ފަނޑިޔާރުންގެ ސަލާމަތީ ކަންކަން ހަރުދަނާ ކުރުމަށް ފުލުހުންނާއި ޑީޖޭއޭ އިން މަޝްވަރާކޮށްފި

ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން، ޖޫޑީޝަލް ސަރވިސް އެޑްމިނިސްޓްރޭޝަންގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި، މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތާއި ޖޫޑީޝަލް ސަރވިސް އެޑްމިނިސްޓްރޭޝަން ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ކޯޓުތަކާއި ފަނޑިޔާރުންގެ ސަލާމަތީ ކަންކަން އިތުރަށް ހަރުދަނާކުރުމަށް ވެސް މަޝްވަރާކުރެއްވިއެވެ.

ކޮމިޝަނަރ އޮފީހުގައި މިއަދު ބޭއްވި މި ބައްދަލުކުރެއްވުމުގައި، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މޫސާ ޢަލީއާއި، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ރަޝީދުއާއި، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ނާހިދު ޙުސައިން ބައިވެރިވެލެއްވިއެވެ. އަދި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަލްއުސްތާޒް އަމްޖަދު މުސްޠަފާއާއި، ޑިރެކްޓަރ ޖެނެރަލް ޒަކަރިއްޔާ ޙުސައިންއާއި އެހެނިހެން ބައެއް އިސްވެރިން ބައިވެރިވެލެއްވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު