Saturday, October 31
ހެޔޮ ބިންގާ އަދި އިސްލާމީ ވުޒާރާ ގުޅިގެން ކުޑަކުދިންނަށް އަމާޒުކޮށްގެން ޕްރޮގުރާމެއް ކުރިއަށް ގެންގޮސްފި

ހެޔޮ ބިންގާ ޖަމްޢިއްޔާ އަދި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާ ގުޅިގެން ކުޑަކުދިންނަށް އަމާޒުކޮށް 'އެހީވާނީ ކާކު؟' މި މަޢުޟޫއުއަށް ޚާއްސަ ޕްރޮގުރާމެއް ކުރިއަށް ގެންގޮސްފިއެވެ.

މި ޕްރޮގުރާމު ނަންގަވައިދެއްވީ އައްޝައިޚް ޖައުފަރު ފާއިޒްއެވެ.

އިސްލާމީ ވުޒާރާއިން ބުނީ މި ޕްރޮގުރާމުގައި ބޮޑަށް އަލިއަޅުވާލާފައިވަނީ ކުދިންނަށް އެހީތެރިވުމާއި ގުޅޭ ގޮތުން ކަމަށާއި، އެގޮތުން މައިންބަފައިންގެ އިތުރުން ކުދިން އެއް ކުއްޖަކު އަނެއް ކުއްޖަކާއި އެހީވާން ޖެހޭނެކަމާއި ކުދިން ހިތްހަމަ ނުޖެހޭ ކަންކަން ކޮށްގެން ނުވާނެކަން ބުނެދީފައިވާ ކަމަށެވެ.

މީގެ އިތުރުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައާއި ޞަޙާބީންގެ އެހީތެރިކަން ފޯރުވުމުގައި ދެއްކެވި ނަމޫނާއާއި ގުޅޭ ވާހަކަތަކާއި އެހިތެރިވުމަށް ކުދިންނަށް ކުރެވޭނެ ކަންކަންވެސް ކިޔައިދިން ކަމަށް އެ ވުޒާރާއިން ހާމަކުރެއެވެ.

އެ ވުޒާރާއިން ބުނީ މި ޕްރޮގުރާމުގައި ގިނަ އަދަދެއްގެ ކުދިން ބައިވެރިވެފައިވާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު