އާދިއްތަ, November 15
ހުޅުމާލެއިން މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފި

ހުޅުމާލެ ފޭސް 1 އިން މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ފުލުހުން ބުނީ މި ތަކެތި ހޯދާފައިވަނީ މި މަހު 12 ވަނަ ދުވަހު ހުޅުމާލެ ފޭސް 1 ގެ ފުލުހުން ރަށުތެރެ ޕެޓްރޯލުކުރުމުގެ ތެރޭގައި ކަމަށެވެ.

މިގޮތުން ފުލުހުން ޕެޓްރޯލުކުރަމުން ދިޔައިރު 148 ނަންބަރު ފްލެޓް ސިޑިގޮޅި ކައިރީގައިހުރި މީހަކު ފުލުހުން ފެނުމުން އެ ސަރަހައްދުން ގޮސްފައިވާ ކަމަށާއި، އެހެންކަމުން، ފުލުހުން ގޮސް އެ ސަރަހައްދު އަދި ފްލެޓް ސިޑިގޮޅި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓުތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައިގައި ފުލުހުން ހޯދި މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 4.60 ގުރާމެވެ.

މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވާއިރު، މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު