މި މަހުގެ ހަފުތާގެ ތެރޭގައި 1،306 ކޮންޓެއިނަރުގެ މުދާ ކްލިއާކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހާމަކޮށްފިއެވެ.
އެމްޕީއެލް އިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 31 އޮގަސްޓު 2025 އިން 06 ސެޕްޓެންބަރު 2025 އާ ދެމެދު ކްލިއާކުރި ކޮންޓެއިނަރުތަކުގެ ތެރޭގައި 20 ފޫޓުގެ 452 ކޮންޓެއިނަރާއި 40 ފޫޓުގެ 427 ކޮންޓެއިނަރު ހިމެނެއެވެ.
މި މުއްދަތުގައި ކްލިއާކުރި މުދާތަކަށް ބަލާއިރު، އެންމެ ގިނައިން ކްލިއާކޮށްފައިވަނީ ބިހެވެ. މިގޮތުން 11،730 ޕެކޭޖުގެ ބިސް ކްލިއާކޮށްފައިވާއިރު، 7،160 ޕެކޭޖުގެ ފިޔާ، 5،721 ޕެކޭޖުގެ ކަރާ، 4،559 ޕެކޭޖުގެ އަލުވި، 3،636 ޕެކޭޖުގެ ޓޮމާޓޯ އަދި 2،640 ޕެކޭޖުގެ އަލަނާސިވެސް ކްލިއާކޮށްފައިވެއެވެ.
މީގެ އިތުރުން 2،743 ޕެކޭޖުގެ ކެބެޖާއި، 1،835 ޕެކޭޖުގެ ދޮންކޭލާއި، 1،017 ޕެކޭޖުގެ ބަރަބޯ އަދި 522 ޕެކޭޖުގެ ސްވީޓް މެލަންވެސް މި މުއްދަތުގައި އެމްޕީއެލް އިން ކްލިއާކޮށްފައިވެއެވެ.
އެމްޕީއެލް އިން ހާމަކޮށްފައިވާ ގޮތުގައި މި މުއްދަތުގައި 02 ކޮންޓެއިނަރު އުޅަނދާއި 04 ޖެނެރަލް ކާގޯ އުޅާނދު ހޭންޑަލްކޮށްފައިވެއެވެ.
މި ލިޔުން ކިޔާލުމުން