Saturday, October 31
ޚާރިޖީ ވަޒީރު ޤަޠަރަށް ފުރާވަޑައިގެންފި
ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް، ޤަޠަރުގެ ވެރިރަށް ދޯހާއަށް ފުރާވަޑައިގެންފިއެވެ. ވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވާ ގޮތުން އެމަނިކުފާނު ދޯހާއަށް ވަޑައިގަންނަވަނީ އިމަރޖެންސީ ޢަރަބް-އިސްލާމިކް ސަމިނުޓުގެ ޚާރިޖީ ވަޒީރުންގެ ތައްޔާރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށެވެ. މީގެ އިތުރުން ވަޒީރު ވިދާޅުވީ އިޒްރޭލުން ދާދިފަހުން ޤަޠަރަށް ދިން ހަމަލާއާއި، ފަލަސްޠީނާއި އެ ސަރަހައްދުގައި އިޒްރޭލުން ހިންގަމުންދާ ޢަމަލުތަކާ ބެހޭގޮތުން މަޝްވަރާ ކުރުމަށް އިސްލާމީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަޑައިގަންނަވާ ޚާރިޖީ ވަޒީރުންނާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށް އުއްމީދުކުރައްވާ ކަމުގައެވެ. އަދި ރާއްޖެއިން ދެމިއޮތީ ޤަޠަރާއެކު ކަމަށާއި، ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް އިޒްރޭލުން ހިންގަމުންދާ ޢަމަލުތަކަށް އިޒްރޭލުން ޖަވާބުދާރީ ކުރުވުމަށް ކުރާ މަސައްކަތް ތާއީދުކުރާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު