އާދިއްތަ, November 15
މާލެއާ 9،421 ކިލޯމީޓަރު ދުރުން ރަޝިޔާއަށް ބިންހެލުމެއް، ރާއްޖެއަށް ނުރައްކަލެއް ނެތް

ރަޝިޔާއަށް މިއަދު އައި ބިންހެލުމުގެ ނުރައްކަލެއް ރާއްޖެއަށް ނުކުރާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ބުނެފިއެވެ.

މެޓް އޮފީހުން ހާމަކުރި ގޮތުގައި މި ބިންހެލުން އައިސްފައިވަނީ މިއަދު ހެނދުނު 7:37 ގައި މާލެއާ 9،421 ކިލޯމީޓަރު ދުރުން، ރަޝިޔާގެ އިރު އުތުރު އައްސޭރި، ކަމްޗަޓްކާ އަށެވެ.

އަދި ބިންހެލުމުގެ ސީދާ ނުރައްކާ ރާއްޖެއަށް ނުކުރާނެ ކަމަށްވެސް މެޓް އޮފީހުން ބުންޏެވެ.

މި ބިންހެލުމާ ގުޅިގެން ޔޫއެސް ސުނާމީ ވޯނިންގ ސިސްޓަމުން ވަނީ ޕެސިފިކްގެ ބައެއް ސަރަހައްދުތަކަށް ސުނާމީ އެލާޓުވެސް ނެރެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު