އާދިއްތަ, November 15
ކާށިދޫ ފަޅުގައި ޓޫރިސްޓް ރިޒޯޓެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދަނީ
މާލެއަތޮޅު ކާށިދޫ ފަޅުގައި ޓޫރިސްޓް ރިޒޯޓެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދަން އިޢުލާންކޮށްފިއެވެ. ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ ކާށިދޫ ފަޅުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުގައި ޓޫރިސްޓް ރިޒޯޓެއް ތަރައްޤީކޮށް ހިންގާނެ ފަރާތްތައް ހޯދުމަށް ބީލަމަށް ހުޅުވާލުމަށް ނިންމާފައިވާ ކަމަށެވެ. މިގޮތުން އެ ވުޒާރާއިން ވަނީ ކާށިދޫ ފަޅުގައި 115.21 ހެކްޓަރުގެ ރިސޯޓެއް ތަރައްޤީކުރަން ނިންމައިފައެވެ. މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 24 ސެޕްޓެންބަރު 2025 ވާ ބުދަ ދުވަހުގެ 13:00 ގައި އަދި 21 އޮކްޓޫބަރު 2025 ވާ އަންގާރަ ދުވަހުގެ 13:00 ގައި ވަރޗުއަލްކޮށް (ޓީމްސް މެދުވެރިކޮށް) ބާއްވާ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ، ނޮވެންބަރު 20 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ބީލަން ހުށަހެޅުމަށް އެ ވުޒާރާއިން ވަނީ އަންގައިފައެވެ.

މި އިޢުލާނާ ގުޅޭ ބީލަން ފޮތް ގަތުމަށް ހުށަހަޅަން ޖެހޭ އެޕްލިކޭޝަން ފޯމް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ވެބްސައިޓުން ލިބޭނެއެވެ. އަދި ބީލަން ފޮތް ލިބޭނީ 14 ސެޕްޓެންބަރު 2025 ވާ އާދީއްތަ ދުވަހުން ފެށިގެން 19 ނޮވެންބަރު 2025 ވާ ބުދަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 0900 – 1300 އާއި ދެމެދު ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވުޒާރާގެ ރިސެޕްޝަނުންނެވެ.

މި އިޢުލާނާއި ގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 19 ނޮވެންބަރު 2025 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން އީމެއިލް ކޮށްގެން ސާފުކުރުމަށް އެ ވުޒާރާއިން ވަނީ އެދިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު