Saturday, October 31
މަރާމާތަށް ރަސްފަންނު ސަރަހައްދުން ބައެއް ވަގުތީ ގޮތުން ބަންދުކުރަނީ

މަރާމާތަށް ރަސްފަންނު ސަރަހައްދުން ބައެއް ވަގުތީ ގޮތުން ބަންދުކުރަން ނިންމައިފިއެވެ.

އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ ރަސްފަންނު މަރާމާތުކުރުމުގެ މަސައްކަތް 11 ސެޕްޓެންބަރު 2025 އިން ފެށިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިގޮތުން، މިމަސައްކަތް ހިނގާ މުއްދަތުގައި، މި މަސައްކަތް ކުރިއަށް ގެންދާ ސަރަޙައްދުތައް ވަގުތީގޮތުން ބަންދުކުރަމުންދާނެ ކަމުގައި އެ ވުޒާރާއިން ބުންޏެވެ.

ރަސްފަންނާއި ސަލްޓަން ޕާކު މިހާރަށް ވުރެ ފުރިހަމައަށް ތަރައްޤީކޮށްދެއްވާނެ ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ރަސްފަންނު ގޮނޑުދޮށް ގިރުމުގެ މައްސަލަ ހައްލުކޮށް، ބޭރު ތޮށްޓަށް ބައެއް ބަދަލުތަކެއް ގެނެސް، މޫދަށް އެރޭ ސަރަހައްދުގައި ފެން ދައުރުވުން ރަނގަޅުކުރުމުގެ އިތުރުން ރަސްފަންނުގެ ފެން ހިންދާ ނިޒާމެއް ހެދުމުގެ މަސައްކަތް ސަރުކާރުން ވަނީ އެމްޑަބްލިޔުއެސްސީ އާ ހަވާލުކޮށްފައެވެ.

މީގެ އިތުރުން ސަރުކާރުން ވަނީ ރަސްފަންނުގައި ފާޚާނާ ބަރިއަކާއި، ފެން މާގަނޑާއި ލޮކަރފަދަ އާންމު ވަސީލަތްތައް ޤާއިމްކުރުމަށް އެބްޑަބްލިޔުއެސްސީ އާ ހަވާލުކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު