އާދިއްތަ, November 15
ނޮޅިވަރަންފަރުގެ ހައުސިންގ ޔުނިޓު އެއްބަސްވުންތަކުގައި ސޮއިކުރުމަށް އިތުރު ފުރުޞަތެއް

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ތެރެއިން، ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރުގައި އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓު ލިބުނު ފަރާތްތަކަށް އެއްބަސްވުންތަކުގައި ސޮއިކުރުމަށް އިތުރު ފުރުޞަތެއް ދިނުމަށް ނިންމައިފިއެވެ.

އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ކުރި އިޢުލާނެއްގައި ބުނީ މި ހައުސިންގ ޔުނިޓުތައް ލިބޭ ފަރާތްތަކާއެކު ހައުސިންގ ޔުނިޓު ޙަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ހދ. ނޮޅިވަރަންފަރުގައި އެ ވުޒާރާއިން ކުރިއަށް ގެންގޮސްފައިވީނަމަވެސް، ބައެއް ފަރާތްތަކުން އެއްބަސްވުމުގައި މިހާތަނަށް ސޮއިކޮށްފައިނުވާ ކަމަށެވެ.

އެހެންކަމުން، ހދ. ނޮޅިވަރަންފަރުން ހައުސިން ޔުނިޓު ލިބޭނެ ކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ސޮއިކޮށްފައިނުވާ ފަރާތްތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ އިންތިޒާމް 14 ސެޕްޓެމްބަރ 2025 ވާ އާދީއްތަ ދުވަހުން ފެށިގެން 18 ސެޕްޓެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރުފަހު 1:30 އަށް އެ ވުޒާރާގައި އޮންނާނެ ކަމަށް އިޢުލާނުގައި ބުނެފައިވެއެވެ.

އެ ވުޒާރާއިން ބުނީ އެއްބަސްވުމުގައި ސޮއިކުރުމަށްޓަކައި އިސްވެދެންނެވި ތާރީޚްތަކަށް އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް މިމިނިސްޓްރީން ހައުސިންގ ޔުނިޓް ލިބުނު ފަރާތްތަކަށް ގުޅަމުން ގެންދާނެ ކަމަށާއި، މިކަމާ ގުޅިގެން އިތުރު މަޢުލޫމާތު ހޯދުމަށް 4004919 ނަންބަރު ފޯނަށް ގުޅުމަށް ނުވަތަ އީމެއިލް ކުރުމަށް އެދޭ ކަމަށެވެ.

އެ ވުޒާރާއިން ބުނީ މިއީ އެއްބަސްވުމުގައި ސޮއިކުރުމަށް ލިބޭ ފަހު ފުރުޞަތު ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު