Saturday, October 31
އޭއީއެޗްގެ މެޑިކަލް އިންޓަރންޝިޕްގައި ބައިވެރިވުމަށް އަލުން ހުޅުވާލައިފި

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ މެޑިކަލް އިންޓަރންޝިޕް ޕުރޮގުރާމުގައި ބައިވެރިވުމުގެ ފުރުޞަތު އަލުން ހުޅުވާލައިފިއެވެ.

އޭއީއެޗް އިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ މެޑިކަލް އިންޓަރންޝިޕް ޕުރޮގުރާމުގެ އެއް ވަނަ އިންޓޭކް ގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިއަދުން ހުޅުވާލެވިފައިވާ ކަމަށާއި، މި އިންޓޭކްގައި ފުރުސަތު ދެވޭނީ 15 ފަރާތަކަށް ކަމަށެވެ.

މި އިންޓަރންޝިޕަށް އެދި ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތުތަކުގެ ތެރޭގައި މެޑިކަލް ކޮލެޖް/ޔުނިވަރސިޓީ އިން ދޫކޮށްފައިވާ އެމް.ބީ.ބީ.އެސް ފުރިހަމަ ކުރިކަމުގެ ސެޓްފިކެޓް އޮތުމާއި، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ "ސެޓްފިކެޓް އޮފް ޕްރޮވިޝަނަލް މެޑިކަލް ރެޖިސްޓްރޭޝަން" ސެޓްފިކެޓް އޮތުން އަދި ވޭތުވެދިޔަ 5 އަހަރު ތެރޭގައި އެއްވެސް ޕޮލިސް ރިކޯޑެއް ނެތުން ހިމެނެއެވެ.

އެހެންކަމުން މި އިންޓަރންޝިޕަށް ޝައުޤުވެރިވާ ފަރާތްތަކުން އޭއީއެޗްގެ އެޑްމިން އޮފީހަށް ނުވަތަ އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް އެ ހޮސްޕިޓަލުން ވަނީ އެދިފައެވެ.

އެ ހޮސްޕިޓަލުން ބުނީ އިންޓަރންޝިޕް ޕްރޮގްރާމަށް ޝަރުޠު ފުރިހަމަވާ 15 އަށްވުރެ ގިނަ ފަރާތުން ކުރިމަތިލައިފިނަމަ ޕުރޮގުރާމަށް ބައިވެރިން ހޮވުމުގައި އިސްކަން ދެވޭނީ އެމް.ބީ.ބީ.އެސް ފުރިހަމަ ކޮށްފައިވާ ތާރީޚަށް ބަލައި، ކޯސް ފުރިހަމަ ކުރިފަހުން ގިނަ ދުވަސް ވެފައިވާ ފަރާތްތަކަށް ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު