އާދިއްތަ, November 15
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަ ކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

ދިވެހިރާއްޖެ އިސްލާމްވި ދުވަސް ފާހަގަ ކުރުމާ ގުޅޭގޮތުން، ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އާއެކު މަޝްވަރާކުރައްވައިފި އެވެ.

އެ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މި މަޝްވަރާތަކުގައި، މިއަހަރު ރާއްޖެ އިސްލާމްވި ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައިވާތީ މި ހަރަކާތްތަކުގައި މީޑިއާގެ ދައުރު ފުޅާ ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައި ވެއެވެ. އަދި އެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެ ވުޒާރާއިން ކުރިއަށްގެންދިއުމަށް ރާވަފައިވާ ހަރަކާތްތަކާ ގުޅޭ މަޢުލޫމާތު ހިއްސާކުރައްވައި ބައްދަލުވުމުގައި ބައިވެރިވި ބޭފުޅުންނާ މަޝްވަރާކުރައްވާފައި ވެއެވެ.

މި ބައްދަލުކުރެއްވުމުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ނަޞީރު އިބްރާހީމާއި މި ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު މުނާޒްގެ އިތުރުން ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޔާމީނާއި އެގްޒެކްޓިވް ޑިރެކްޓަރ އޮފް ޓެކްނޮލޮޖީ ޙުސައިން ޝުހާދު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު