އާދިއްތަ, November 15
އައްޑޫގެ 6 ގެއެއްގެ ފުރާޅު އެއްލާލުމާ ގުޅިގެން ސިފައިން އެހީތެރިކަން ފޯރުކޮށްދީފި

މިހާރު ކުރަމުންދާ ވިއްސާރާގައި އައްޑޫ ސިޓީގެ 6 ގެއެއްގެ ފުރާޅު ވަޔާ އެއްލާލުމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ، ސިފައިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ މިއަދު އައްޑޫ ސިޓީއަށް ކުރި ވިއްސާރައާ އެކު އައި ގަދަ ކޮޅިގަނޑުގައި، އައްޑޫ ސިޓީ، މަރަދޫފޭދޫގެ 6 ގެއެއްގެ ފުރާޅު ވަޔާ އެކު މަގުމައްޗަށް އެއްލާލާފައިވާ ކަމަށެވެ. އެ ހަ ގޭގެ ފުރާޅު އެއްލާލުމާ ގުޅިގެން ފުރާޅު މަގުމަތިން އެއްފަރާތްކޮށް، ފުރާޅު ހެދުމުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ސިފައިން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމުގައި އެމްއެންޑީއެފުން ހާމަކޮށްފައިވެއެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު