އާދިއްތަ, November 15
ޗައިނާ ޔޫތު އެކްސްޗޭންޖް ޕްރޮގްރާމްގައި ބައިވެރިވާ ދަރިވަރުނާ ތަޢުލީމީ ވަޒީރު ބައްދަލުކުރައްވައިފި

ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު، ޗައިނާގައި ބޭއްވުމަށް ހަމަޖެހިފައިވާ "ޗައިނާ ޔޫތު އެކްސްޗޭންޖް ޕްރޮގްރާމް 2025" ގައި ބައިވެރިވާ ދިވެހި ދަރިވަރުންނާ ބައްދަލުކުރައްވައިފިއެވެ.

މި ޕްރޮގްރާމް ކުރިއަށްދާނީ 2025 ސެޕްޓެންބަރު 9 އިން 2025 ސެޕްޓެންބަރު 12ގެ ނިޔަލަށް ޗައިނާގެ ސިޗުއާން ޕްރޮވިންސްގައެވެ.

މި ޕްރޮގްރާމްގައި 11 ސްކޫލަކުން ޖުމްލަ 12 ދަރިވަރުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 6 އަންހެން ދަރިވަރުންނާއި, 6 ފިރިހެން ދަރިވަރުންނެވެ.

ތަޢުލީމީ ވުޒާރާއިން ހާމަކުރާ ގޮތުގައި މި ޕްރޮގްރާމުގެ ތެރޭގައި ދަރިވަރުންނަށް ޗެންގުއާ ޕްރައިމަރީ ސްކޫލާއި، ސަންސިންގްޑޫއީ މިއުޒިއަމް ގެ އިތުރުން ޑުޖިއާންޖިއަން ރިސާޗް ސެންޓަރ ފޯ ޖަޔަންޓް ޕަންޑާސްއަށް ޒިޔާރަތްކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މީގެ އިތުރުން ޗައިނާގެ ސަގާފީ ޙަރަކާތްތައް ބަލާލުމުގެ ފުރުޞަތުވެސް ދަރިވަރުންނަށް ލިބިގެންދާނެއެވެ.

މި ޕްރޮގްރާމްގައި ބައިވެރިވާ ދަރިވަރުންނަށް ޗައިނާގެ ސަގާފަތާއި ތާރީޚާ ގުޅޭ ގިނަ މަޢުލޫމާތުތަކެއް ލިބިގެންދާއިރު, އެ ޤައުމުގައި ދިވެހިރާއްޖޭގެ ސަގާފަތް ދައްކާލުމަށް މަގުފަހިވެގެންދާ ކަމަށާއި، އެހެންކަމުން, މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ދިވެހިރާއްޖެއާއި ޗައިނާގެ ދެމެދުގައި ޒަމާނުއްސުރެ އޮތް ގާތްގުޅުން އިތުރަށް ބަދަހިވެގެންދާ ކަމަށް ތަޢުލީމީ ވުޒާރާއިން ބުންޏެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު