Saturday, October 31
ތިނަދޫ ރޯހައުސްތަކަށް ކުރިމަތިލާން ހުޅުވާލައިފި

ގދ. ތިނަދޫގައި އަޅާފައިވާ 200 ރޯހައުސް ބޭނުންވާ މީހުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ އެ ގެ ތަކަށް އެދުމުގެ ފުރުސަތު މިއަދު ހެނދުނު 9:00 އިން ފެށިގެން އަންނަ ނޮވެމްބަރު މަހުގެ ހަތް ވަނަ ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. މިނިސްޓްރީން  ބުނީ އާދިއްތަ ދުވަހު ހެނދުނު 9:00 އިން ފެށިގެން ނޮވެމްބަރު މަހުގެ ހަތްވަނަ ވަނަ ދުވަހާ ހަމައަށް، ރޯހައުސްއަށް އެދި ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށެވެ.

ހުށަހަޅާނީ މިނިސްޓްރީގެ ހިޔާވަހި ޕޯޓަލް މެދުވެރިކޮށެވެ.

ތިނަދޫގައި ހަދާފައިވާ ފްލެޓަކީ ތިން ކޮޓަރީގެ، 700 އަކަފޫޓުގެ ޖާގައިގެ ދެ ފަންގިފިލާގެ އިމާރާތްތަކެކެވެ.

މިދިޔަ ހަފްތާ މިނިސްޓްރީން ވަނީ ތިނަދޫ ރޯހައުސްތައް ދޫކުރުމުގައި އަމަލުކުރާނެ އުސޫލު ވެސް އާންމުކޮށްފަ އެވެ.

އޭގައިވާ ގޮތުން މި ރޯހައުސްތަކަށް ކުރިމަތިލެވޭނީ، އުމުރުން 18 އަހަރުވެފައިވާ، ގދ. އަތޮޅުގެ މީހުންނަށެވެ. އަދި ތިނަދުއަށް ހިޖުރަކޮށް އެ ރަށުގައި މެދުނުކެނޑި 10 އަހަރު އުޅެފައިވާ މީހުންނަށް ވެސް ކުރިމަތިލެވޭނެ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު