އާދިއްތަ, November 15
އައްޑޫ ސިޓީ ހިތަދޫގައި މާރާމާރީއެއް ހިންގި މައްސަލަ ބަލަނީ

އައްޑޫ ސިޓީ ހިތަދޫގައި މާރާމާރީއެއް ހިންގި މައްސަލަ ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ އައްޑޫ ސިޓީ ހިތަދޫ ކަނީރު މަގުގައި ހިންގި މާރާމާރީއެއްގެ މައްސަލަ އިއްޔެ 22:45 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށާއި، މި މައްސަލަ ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.

މި ހާދިސާގެ ވީޑިއޯއެއް މީސްމީޑިއާ ދައުރުވަމުންދާއިރު، ވީޑިއޯ އިން ފެންނަ ގޮތުގައި މި މާރާމާރީ ހިންގާފައިވަނީ ދެ އަންހެނެއްގެ ދެމެދުގައެވެ.

ހިތަދޫ ވިލާ ކޮލެޖުގައި އެޅުވި ދިވެހި ފިލްމް "ކަނބުލޮ" ފިލްމު ބެލުމަށްފަހު ނިކުތް ދެ އަންހެނެއްގެ ދެމެދުގައި ހިނގި މި މާރާމާރީގައި އެ މީހުންނަށް ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާ ދީފައިވާ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު