އާދިއްތަ, November 15
ގެއްލިގެން ހޯދަމުންދިޔަ ޝަހުމުﷲ ފެނިއްޖެ

މާލެއިން ގެއްލިގެން ހޯދަމުންދިޔަ ކެންދޫ ޒުވާނާ ފެނިއްޖެއެވެ.

ފުލުހުން ބުނީ ޝަހުމުﷲ ސާޖިދު (33އ) މަންޒިލް / ބ. ކެންދޫ، އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް މި ސެޕްޓެމްބަރު މަހުގެ 04 ވަނަ ދުވަހުގެ ރޭ ފުލުހުންނަށް ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.

އަދި ފުލުހުން ވަނީ އޭނާ ހޯދުމުގައި އާންމުންގެ އެހީއަށްވެސް އެދިފައެވެ.

ނަމަވެސް މިރޭ ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ޝަހުމުﷲ ސާޖިދު ރަށެއްގައި ހުރި ކަމަށް ފުލުހުންނަށް ގުޅައި ވަނީ މަޢުލޫމާތު ދީފައިވާ ކަމަށެވެ.

އަދި އޭނާގެ ހާލު ރަނގަޅު ކަމަށްވެސް ފުލުހުން ބުންޏެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު