އާދިއްތަ, November 15
އެމެރިކާގެ ޕެންޓަގަންގެ ނަން ޑިޕާޓްމަންޓް އޮފް ވޯ އަށް ބަދަލުކުރަނީ

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޑިފެންސް އަށް ޑިޕާޓްމަންޓް އޮފް ވޯރ އޭ ކިޔުމަށް އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވައިފިއެވެ.

ޓްރަމްޕް މިއަދު ސޮއިކުރައްވާނެ ކަމަށް ލަފާކުރެވޭ އެގްޒެކެޓިވް އޯޑަރެއްގައި، ދިފާއީ މިނިސްޓްރީއަށް ކިޔާ އާ ނަން ސެކަންޑަރީ ނަމެއްގެ ގޮތުގައި ބޭނުންކުރުމަށާއި، ދިފާއީ ވަޒީރު ޕީޓް ހެގްސެތްގެ މަޤާމުގެ ނަމަކީ ހަނގުރާމައިގެ ވަޒީރު ކަމުގައި ހަމަޖެއްސުމަށް ވަނީ އަންގަވާފައެވެ.

އެމެރިކާގެ ހަތިޔާރުއެޅި ބާރުތަކުގެ ބެލެނިވެރި ފަރާތްކަމުގައިވާ ޕެންޓަގަން އަކީ ހަނގުރާމައިގެ މިނިސްޓްރީ ފަހުން އައި އިދާރާއެކެވެ. ހަނގުރާމައިގެ މިނިސްޓްރީ އަކީ 1789 ވަނަ އަހަރު ކެބިނެޓް ފެންވަރުގެ އިދާރާއެއްގެ ގޮތުގައި އުފެދި، 1947 ވަނަ އަހަރާ ހަމައަށް ދެމިއޮތް އިދާރާއެކެވެ.

އެގްޒެކެޓިވް ޑިޕާޓްމަންޓްތައް އުފެއްދުމުގެ މަސްއޫލިއްޔަތު އޮތީ އެމެރިކާގެ ކޮންގްރެސްގެ އަތްމަތީގައެވެ. އެހެންކަމުން، މި މިނިސްޓްރީގެ ނަން ރަސްމީކޮށް ބަދަލުކުރުމަށްޓަކައި ޤާނޫނަށް އިޞްލާޙެއް ގެންނަން ޖެހޭނެއެވެ.

ބޭރުގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި ޓްރަމްޕް ސޮއިކުރެއްވުމަށް ހަމަޖެހިފައިވާ އެގްޒެކެޓިވް އޯޑަރުގައި ބުނެފައިވަނީ "ޑިޕާޓްމަންޓް އޮފް ވޯރ" އިން ދޭހަވަނީ ތައްޔާރަށް ތިބުމާއި ވަރުގަދަކަމުގެ މެސެޖެއް ކަމަށާއި، "ޑިޕާޓްމަންޓް އޮފް ޑިފެންސް" އިން ދޭހަވަނީ ހަމައެކަނި ދިފާއީ ޤާބިލުކަން ކަމަށެވެ.

މި އަމުރުގައި ދިފާއީ ވަޒީރަށާއި، އެ މިނިސްޓްރީއަށާއި، އަދި އެ މިނިސްޓްރީގެ ދަށުގައިވާ އިސް މުވައްޒަފުންނަށް އާ ނަންތައް ދެވަނަ ނަމެއްގެ ގޮތުގައި ބޭނުންކުރުމުގެ ހުއްދަ ދީފައިވެއެވެ.

މީގެ އިތުރުން، މި އަމުރުގައި މިނިސްޓްރީގެ ނަން ދާއިމީކޮށް ބަދަލުކުރުމަށްޓަކައި އަޅަންޖެހޭ ޤާނޫނީ އަދި އިދާރީ ފިޔަވަޅުތައް ހުށަހަޅައި، އެކަމަށް މަގުފަހިކުރުމަށް ހެގްސެތްއަށް އަންގާފައިވެއެވެ. އެއީ ކޮންގްރެސްގެ ހުއްދައެއް ނެތި ޓްރަމްޕަށް ރަސްމީކޮށް މިނިސްޓްރީގެ ނަން ބަދަލެއް ނުކުރެވޭނެތީއެވެ.

ހަނގުރާމައިގެ މިނިސްޓްރީ އުފެއްދެވީ ޖޯޖް ވޮޝިންގްޓަނެވެ. ނަމަވެސް، ދެވަނަ ބޮޑު ހަނގުރާމައަށްފަހު އެ މިނިސްޓްރީގެ ނަން ބަދަލުކުރެވުނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު