ދުނިޔޭގައިވެސް މަޝްހޫރު އިޓަލީގެ ފެޝަން ޑިޒައިނަރ ޖޯޖިއޯ އަރމާނީ އުމުރުން 91 އަހަރުގައި މަރުވެއްޖެ ކަމަށް އަރމާނީ ގްރޫޕުން އިޢުލާންކޮށްފިއެވެ.
އެތައް އަހަރެއްގެ މަސައްކަތުގެ ތެރެއިން، އޭނާގެ ހެދުންތަކުގައި ޚާއްޞަކޮށް އިޓަލީގެ ވައްޓަފާޅި އެކުލެވޭ ގޮތަށް ފަރުމާކުރުމުގެ އިތުރުން، ހޮލީވުޑްގެ ރެޑް ކާޕެޓް އިވެންޓްތައް އާ ހަރުފަތަކަށް ގެންދިއުމުގެ ކްރެޑިޓް އަރމާނީއަށް ދީފައިވެއެވެ.
2025 ވަނަ އަހަރުގެ ޖޫން މަހު، މިލާނުގައި ބޭއްވުނު މެންސް ފެޝަން ވީކުގައި އަރމާނީ ބްރޭންޑުގެ ޝޯގައި، އަރމާނީ އޭނާ އާންމުކޮށް ކަންތައް ކުރަމުން އައި ގޮތާ ޚިލާފަށް ޝޯ ނިންމުމަށްފަހު ޝުކުރު އަދާކުރުމަށް ހާޒިރުވެފައެއް ނުވެއެވެ. މިއީ އޭނާގެ މުޅި ކެރިއަރުގައި އޭނާގެ އަމިއްލަ ރަންވޭ އިވެންޓަކަށް ހާޒިރުނުވި ފުރަތަމަ ފަހަރެވެ. އެވަގުތު، ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޭނާގެ ސިއްޙީ ހާލަތު ބަޔާންކުރުމަކާ ނުލައި، "މިވަގުތު އޭނާ ގޭގައި ހުރެ ރިކަވަރ ވަމުންދާ" ކަމަށެވެ.
އަރމާނީއަކީ އޭނާގެ ކުންފުނީގެ ހަމައެކަނި ހިއްސާދާރެއްގެ ގޮތުގައި ދެމިހުރި މަދު ޑިޒައިނަރުންގެ ތެރެއިން އެކެކެވެ. މިހާތަނަށް ބަލާއިރު، އަރްމާނީގެ ވިޔަފާރީގެ ވާރިސަކަށްވާނެ ފަރާތެއް އަދި ނޭނގެއެވެ. 2024 ވަނަ އަހަރު ބްލޫމްބަރގް އިންޓެލިޖެންސްގެ ތަޙްލީލުވެރިން ވަޒަންކުރި ގޮތުގައި އަރްމާނީގެ ވިޔަފާރީގެ އަގަކީ 8 އިން 10 ބިލިއަން ޔޫރޯ (9.3 ބިލިއަން އިން 11.7 ބިލިއަން އެމެރިކާ ޑޮލަރު) އާ ދެމެދުގެ އަދަދެކެވެ.
މި ލިޔުން ކިޔާލުމުން