ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫގައި އިމާރާތްކުރާ 200 ރޯހައުސް ދޫކުރުމަށް ހަމަޖެހިފައިވާ ގޮތުގެ އުސޫލު އާއްމުކޮށްޕިއެވެ.
ތިނަދޫ ރޯ ހައުސްއަށް ކުރިމަތިލުމުގެ ފުރުސަތު އާދިއްތަ ދުވަހު ހުޅުވާލަން ހައުސިން މިނިސްޓްރީން ވަނީ ނިންމާފައެވެ.ގދ. ތިނަދޫގައި ސަރުކާރުން ތަރައްގީކުރާ 200 ހައުސިން ޔުނިޓް ލިބޭ މީހުން ހޮވުމަށް، އެ މަޝްރޫއުއަށް ހައުސިން ސްކީމެއް ކަނޑައަޅާ "ހިޔާވެހި" ޕޯޓަލްގެ ތެރެއިން ކަމަށް މިނިސްޓާ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން ވިދާޅުވެއެވެ.
ތިނަދޫ ސިޓީ ކައުންސިލުން އެ ސިޓީގައި އިމާރާތް ކުރަމުންދާ 200 ހައުސިން ޔުނިޓަށް ކުރިމަތިލުމަށް އެދި އިއުލާނުކުރީ ޖެނުއަރީ 28، 2025 ގައެވެ. ނަމަވެސް، އެ އިއުލާނަކީ ހުއްދަ ނުނަގައި ކުރި އިއުލާނެއް ކަމަށް ބުނެ އިއުލާނު ބާތިލު ކުރަން ހައުސިން މިނިސްޓްރީން އެ ކައުންސިލަށް އެންގީ ފެބްރުއަރީ 1، 2025ގައެވެ.
ތިނަދޫގައި 200 ރޯހައުސް އެޅުމުގެ މަޝްރޫއު ފެށީ 2022 ވަނަ އަހަރުއެވެ. މިއީ ތިން ކޮޓަރީގެ ރޯހައުސްތަކެކެވެ. 700 އަކަފޫޓުގެ ޖާގައިގެ މި ރޯހައުސްތަކަކީ ދެ ފަންގިފިލާގެ އިމާރާތްތަކެކެވެ.
ތިނަދޫގައި 200 ހައުސިން ޔުނިޓް ދޫކުރުމުގެ ކަންކަމުގައި އެ ރަށު ސިޓީ ކައުންސިލުން ހައުސިން މިނިސްޓްރީގެ އެންގުމާ ހިލާފަށް އަމަލުކުރަމުންދާ ކަމަށް ބުނެ، އެ ހައުސިން ޔުނިޓްތައް ދޫކުރުމުގެ ކަންކަން ސީދާ އެ މިނިސްޓްރީން ކުރަން ނިންމިކަން ހާމަކުރީ އޭޕްރިލް މަހުއެވެ.
އާބާދީގައި 12000 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ތިނަދޫގެ ގޯތިތަކުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަހަރުގެ މިހާތަނަށް އެކި ސަރުކާރުތަކުން ދޫކޮށްފައިވާ ގޯތިތަކާއެކު ޖުމްލަ 1900 އެއްހާ ގޯތި އެރަށުގައި އެބަ އޮތެވެ. އޭގެ ތެރެއިން މީހުން ދިރިއުޅެނީ 1300 އެއްހާ ގޯތިތަކުގައެވެ.
މި ލިޔުން ކިޔާލުމުން